ހަބަރު

އާ އަހަރު ފާހަގަ ކުރަން "ނިއު އިޔާ ރިލޭ ރަން" އެއް ބާއްވަނީ

Nov 26, 2018
1

އާ އަހަރަށް މަރުހަބާ ކިއުމުގެ ގޮތުން ޓީމުތައް ބައިވެރިވާ ގޮތަށް އަގު ބޮޑު "ނިއު އިޔާ ރިލޭ ރަން" އެއް ބާއްވަން ނިންމައި ބައިވެރިވާން ހުޅުވާލައިިފި އެވެ.

ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި ރިލޭގައި ބައިވެރިވެވޭނީ 10 ޓީމަށެވެ. އެގޮތުން އެއްވަނަ އިނާމަށް ދާ ޓީމަށް ބައި ލައްކަ ރުފިޔާ ދޭނެ އެވެ. އަދި ދެވަނަ އިނާމަކަށް 10،000ރ. އަދި ތިންވަނަ އިނާމަކަށް 5،000ރ. ދޭނެ އެވެ.

"ނިއު އިޔާ ރިލޭ ރަން" އިންތިޒާމު ކުރާ ލިކަމެކް ކުންފުނިން ބުނީ ޓީމުތައް ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ އެކަކުން ހައެއްގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ. އަދި މި ދުވުން ކުރިއަށްދާނީ 21 ކިލޯ މީޓަރުގެ ރިލޭއެއްގެ ގޮތުގައި ކަމަށެވެ. މި ދުވުމުގައި ބައިވެރިވާން ފީއެއްގެ ގޮތުގައި ނަގަނީ ޓީމަކުން 3،000ރ. އެވެ.

ރިލޭ އިންތިޒާމު ކުރާ އަސަރީ ސާވިސަސްއިން ބުނީ މި ދުވުން އޮންނާނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ތެރޭ 12:00 ގައި ކަަމަށެވެ. އަދި ނިންމާނީ އެކެއް ޖަހާއިރު ކަމެވެ. މި ދުވުނުން ނިންމާ ބައިވެރިންނަށް "ފިނިޝަން މެޑަލް" އެއް ވެސް ލިބޭނެ ކަމަށެވެ. އަދި މި ދުވުމުގެ މައުލޫމާތު އެންވައިއާރު ޑޮޓްއެމްވީ އިން ލިބޭނެ ކަމަށެވެ.