ހަބަރު

ޖުނައިދު ކަސްޓަމްސްއިން އިސްތިއުފާ ދެއްވައިފި

Nov 27, 2018

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނައިދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި އިރު، މިއަދު އޭނާ ވަނީ ވެރިކަން ކުރާ އެމްޑީޕީއާ ވެސް ގުޅިވަޑައިގެންފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުނައިދު ވަނީ އެމްޕީއެލްގެ އެމްޑީކަން ވެސް ކުރައްވައިފަ އެވެ.

ޖުނައިދު މިއަދު ވިދާޅުވި ގޮތުގައި އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ މަގާމެއް ބޭނުން ވެގެނެއް ނޫނެވެ. އެހެން ނަމަވެސް، އެމްޑީޕީގެ ޕްރައިމަރީގައި މީދޫ ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާ އިމާދު ސޯލިހުއަށް ތާއީދު ކުރައްވައި އޭނާ ހޮވަން މަސައްކަތް ކުރެއްވުމަށެވެ، އަދި ޖުނައިދާ އެކު އޭނާގެ އާއިލާގެ އެހެން މެންބަރުން ވެސް އެމްޑީޕީއާ ގުޅޭނެ ކަމަށް ޖުނައިދު ވަނީ ވިދާޅުވެފަ އެވެ.