ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
ޖޭޕީއާ ހުސެއިން ގުޅިވަޑައިގަތީ އެ ޕާޓީގައި މައި އޮފީސް ކުނޫޒުގައި މިރޭގެ ވަގުތެއްގަ އެވެ. އޭނާގެ ފޯމްއާ ހަވާލުވީ އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އެވެ.
ހުސެއިންއަކީ މީގެ ކުރިން ޕީޕީއެމްގެ މެންބަރެކެވެ. ނަމަވެސް އޭނާއަކީ ހުސެއިން މަނިކު ދޮން މަނިކަކީ އެއްވެ އުޅުން ހަނިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހަށް ވޯޓަށް ދިނުމަށް ދެކޮޅު ހެއްދެވި މެންބަރެކެވެ. އެ މައްސަލާގައި ޕީޕީއެމްއިން އޭނާއަށް ފިޔަވަޅު އަޅާ ބާރުގަދަ ކޮމިޓީތަކުން ކުޑަ ކޮމިޓީއަކަށް ބަދަލު ވެސް ކުރި އެވެ. ނަމަވެސް ފަހުން ހިނގައިދިޔަ އެއްވެސް ކަމެއްގައި ފާޅުގައި ގޮތެއްގައި ދެކޮޅު ހައްދަވައެއް ނޫޅެ އެވެ.