ހަބަރު

އިދިކޮޅު މީހުން ރާވައިގެން މާލޭގެ މަގުތަކަށް އެބަ ކުނިއަަޅާ: މުއިއްޒު

Jun 19, 2015
1

އިދިކޮޅު ފަރާތްތަކުން ރާވައިގެން މާލޭގެ މަގުތަކަށް ކުނި އަޅަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފި އެވެ.

ނަމަވެސް މަގުތައް ނުބެލެހެއްޓޭތީ ސަރުކާރުން ވަނީ އެކަން ކައުންސިލްގެ ދަށުން ވަކިކޮށް ހައުސިން މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ. އެގޮތަށް ބަދަލު ކުރި ކަންތައްތަކުގެ ތެރޭގައި މާލޭގެ ބިންތައް ދޫކުރުމުގެ ކަންކަމާއި ލޯކަލް މާރުކޭޓް ބެލެހެއްޓުން ހިމެނެ އެވެ.

އެ މައްސަލައިގައި އެމްޑީޕީއަށް މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން އުފެދިފަ އެވެ.