ހަބަރު

ޕެޑުން ޖީއެސްޓީ ކަނޑާލަން ފާސްކޮށްފި

ޕެޑުން ނަގަމުން އަންނަ ޖީއެސްޓީ ކަނޑާލުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ އަބްދުﷲ ހުށަހެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް ވަނީ ޕެޑުން ޖީއެސްޓީ ކަނޑާލަން ތާއީދު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. ޖީއެސްޓީ ކަނޑާލުމުގެ އިތުރުން ފިހާރަތަކުން އެތަކެތި ވިއްކާ އަގު ކޮންޓްރޯލު ކުރެވޭނެ ގޮތެއް ވެސް ކަނޑައަޅަން ޖެހޭ ކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ޕެޑުން ޓެކްސް ކަނޑާލުމަަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.