ހަބަރު

ސީއެސްސީގެ މެންބަރަކަށް އާމިރާ އައްޔަންކުރަން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރަކަށް ފާތިމަތު އާމިރާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސީއެސްސީއަށް އާމިރާ އައްޔަން ކުރީ މަަޖިލީހަށް 72 މެންބަރުންގެ ވޯޓާއެކުގަ އެވެ. ނަމަވެސް އޭނާ އެ މަގާމަށް އައްޔަން ކުރުމާ މެދު ވަކި ގޮތެއް ނުފެންނަ ކަމަށް ވެސް ދެ މެންބަރަކު ވޯޓު ދެއްވި އެވެ.

ސީއެސްސީއަށް އޭނާ އައްޔަން ކުރަން ނިންމާފައި ވަނީ އެ ކޮމިޝަނުގައި ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ އެ ކޮމިޝަނުން ދިރާސާ ކުރުމަށް ފަހުގަ އެވެ. އާމިރާއަށް ލިބިވަޑައިގަތީ އެންމެ މަތީ މާކްސް އެވެ. އެއީ 89 ޕަސަންޓެެވެ.

އާމިރާއަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް މުހައްމަދު ޒާހިރުގެ އަނބިކަނބަލުންނެވެ. އޭނާ މީގެ ކުރިން ތައުލީމީ ދާއިރާގެ ގިނަ މަގާމްތަކެއް ފުރުއްވާ ސަރުކާރުގައި ހިދުމަތް ކުރައްވާފައިވާ އިރު ސީއެޗްއެސްއީގެ ޕްރިންސިޕަލް ކަން ވެސް އާމިރާ ގިނަ ދުވަސް ވަންދެން އަދާ ކުރެއްވި އެވެ.