ހަބަރު

ދިއްފުށީގެ ފެނާއި ނަރުދަމާ ރައީސް އިފްތިތާހު ކޮށްދެއްވައިފި

Dec 1, 2018
7

ދިއްފުށީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާދު ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު ހެނދުނު ކ. ދިއްފުށްޓަށް ވަޑައިގެންފި އެވެ. މިއީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އަތޮޅު ތެރެއަށް ރައީސް ސޯލިހު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައި ވަނީ ވިޔަފާރި އާއިލާ ޗަމްޕާ ބްރަދާޒްއިން އިޖްތިމާއީ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ އަލިފުޅުތުއްތު ފައުންޑޭޝަން، އޭއެފްޓީގެ ފަރާތުން އެވެ. މިއީ އެ ޖަމްއިއްޔާއިން ހިލޭ އެ ރަށުގައި ހިންގި ދެ މަޝްރޫއެކެވެ.

ރައީސް ސޯލިހު ދިއްދުށްޓަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް އެމަނިކުފާނަށް ދަންނަވާފަ އެވެ. އެ ރަށުގައި ބޭއްވި ހަފްލާއެއްގައި އެ ދެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ރައީސް ސޯލިހު އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަންނަވާނީ، ކ. ގިރިފުށްޓަށެވެ. ގިރިފުށީގައި ބާއްވާ 20 ވަނަ ކެޑޭޓް ކޭމްޕް ބްރީފިންގައި ރައީސް މިއަދު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.