ވިޔަފާރި

ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ހުޅުވައިފި

Dec 2, 2018

ފުރިހަމަ ހިދުމަތްތަކާއެކު ފަރުމާކޮށްފައިވާ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑްގެ ސޮފްޓް އޯޕެނިން ބާއްވައިފި އެވެ.

ކްރައުން އެންޑް ޗަމްޕާ ކުންފުނިން ޅ. ކުޑަދޫގައި މި ޕްރައިވެޓް އައިލެންޑަކީ ތިން ހެކްޓަރުގެ ހިތް ގައިމު ރީތި ރަށެކެވެ. ފަނަރަ ވޯޓާ ވިލާ އާއެކު ހަދާފައިވާ މި ރަށް ފަރުމާކޮށްފައިވަނީ ޖަޕާނުގެ ފަރުމާ ކުރުންތެރިއެއް ކަމަށްވާ ޔޫޖީ ޔަމަސާކީ އެވެ. މި ރަށް ފަރުމާ ކުރުމުގައި ޔަމަސާކީ ބަލާފައިވަނީ ފިނި ވަޔާއި އިރުގެ އަލި ބޮޑަށް މި ރަށުގެ ވިލާތަކުގައި ތިބޭ މީހުންނަށް ލިބޭނެ ގޮތަށެވެ.

ކުޑަދޫ ޕްރައިވެޓް އައިލެންޑުގައި މީރު ކެއުންތައް ލިބޭ ރެސްޓޯރެންޓުތައް ހުރެ އެވެ. މީގެ އިތުރުން އިންފިނިޓީ ފޫލާއި ޖިމް ސްޕާ ހިދުމަތުގެ އިތުރުން މޫދު ކުޅިވަރުތަކަށް ހާއްސަ ވަސީލަތްތައް ވެސް ގާއިމްކޮށްފައިވެ އެވެ. އަދި މިރަށް ފަރުމާކޮށްފައިވަނީ ރަށުގެ ބޮޑު ބަޔަކަށް އިރުގެ ހަކަތައިން ހަކަތަ ބޭނުން ކުރެވޭ ގޮތަށެވެ. މި ޕްރައިވެޓް އައިލެންޑުގެ 2،000 ސްކެއާ މީޓަރުގެ ސޯލާ ޕެނަލް އަޅާފައިވެ އެވެ.

ޅ. އަތޮޅުގައި އާ ރިސޯޓެއް ހުޅުވިއިރު މުޅި ރާއްޖޭގައި 140 ރިސޯޓް ތަރައްގީ ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.