ވިޔަފާރި

މަޓާޓޯގެ ރައީސަކަށް ސުއޫދު

Dec 3, 2018

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އާ ރައީސަކަށް އަބްދުﷲ ސުއޫދު އައްޔަން ކޮށްފި އެވެ.

ހޮޓެލް ޖެންގައި އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައި ރައީސްގެ މަގާމަށް އައްޔަން ކުރެއްވި ސުއޫދު ކުރިން ހުންނެވީ އެ ޖަމިއްޔާގެ ނައިބް ރައީސްގެ މަގާމުގަ އެވެ. އަދި އިއްޔެ ބޭއްވި އޭޖީއެމްގައި ވަނީ ނިމިދިޔަ ދެ ދައުރުގައި ވެސް ރައީސްކަން ކުރެއްވި އަބްދުﷲ ގިޔާސް އެ ޖަމިއްޔާގެ ނައިބް ރައީސް އަކަށް އައްޔަން ކުރައްވާފަ އެވެ.

މަޓާޓޯގެ ބޯޑަށް މީގެ އިތުރުން ހޮވިފައިވާ ބޭފުޅުންގެ ތެރޭގައި އޭގެ މުހައްމަދު ފިރާގުގެ އިތުރުން އައިމިނަތު ނީނާ ނިޒާރާ އާއި މުހައްމަދު ހަލީލު އަދި އިގްނާޒް މަންސޫރުގެ އިތުރުން ހާތިމް ހަސަން އެވެ. އަދި ހަޒާންދާރަކަށް އައްޔަން ކޮށްފައިވަނީ އަހުމަދު ފިޔާޒު އެވެ.