ހަބަރު

ޕީޕީއެމްއަށް ވަފާތެރި މެންބަރުންނަށް މިރޭ ޓިކެޓު ހަވާލުކުރަނީ

ޕްރޮގްރަސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ވަފާތެރި މެންބަރުންނަށް މިރޭ ޓިކެޓު ހަވާލު ކުރަން އެ ޕާޓީ އިން
ނިންމައިފި އެވެ.

ޕީޕީއެމްއަށް ވަފާތެރި މެންބަރުންނަށް ޓިކެޓު ހަވާލު ކުރުމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާއެކު މަޝްވަރާކޮށް ނިންމާފައި ވަނީ މިދިޔަ މަހު 27 ގައި އެ ޕާޓީގެ އޮފީހުގައި ކުރިޔަށް ދިޔަ ހާއްސަ ބައްދަލުވުމެއްގަ އެވެ. "އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މެންބަރުންނަށް ޓިކެޓު ހަވާލު ކުރުމަށް މިރޭ ޕީޕީއެމް އިން ހަފްލާއެއް ބާއްވާނެ
އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަަ ކުރުމަށް މެންބަރުންނާ ޓިކެޓު ހަވާލު ކުރުމަށް ފަހު ޔާމީން ވާހަކަދައްކަވާނެ އެވެ. އެއީ އެމަނިކުފާނު މަގާމުން ވަކިވި ފަހުން އާންމުންނާ މުހާތަބުކޮށް ވާހަކަދައްކަވާ ފުރަތަމަ ފަހަރެވެ.

ޕީޕީއެމްގެ މެންބަރުންނަށް ޓިކެޓު ހަވާލު ކުރާއިރު އެ ޕާޓީގެ މިލްކުވެރިކަމާ ބެހޭ މައްސަލަ ސުޕްރީމް ކޯޓުގައި އެބައޮތެވެ.