ދުނިޔެ

ވިހަ ހުރި ރާ ބޮއެގެން އިންޑިއާގައި 53 މީހަކު މަރުވެއްޖެ

Jun 20, 2015

ވިހަ އެކުލެވޭ ރާ ބޮއެގެން އިންޑިއާގައި 53 މީހަކު މަރުވެއްޖެ އެވެ.

އަގު ހެޔޮ ރަލުގެ ގޮތުގައި ވިއްކާ ތަކެތީގައި ވިހަ އެކުލެވޭ މައްސަލަ އިންޑިއާގައި ވަރަށް ބޮޑެވެ. އެފަދަ ރާ ބުއިމުގެ ސަބަބުން މަރުވުމަކީ އިންޑިއާގައި އާއްމު ކަމެކެވެ. އެ ގޮތުން، އުއްތަރަ ޕްރަދޭޝް ސްޓޭޓުގައި ވިހަ އެކުލެވޭ ރާ ބުއި 29 މީހަކު މިދިޔަ ޖެނުއަރީ މަހު މަރުވެފައިވެ އެވެ.