ހަބަރު

ކޮޕް 24އަށް ނަޝީދު ފުރާވަޑައިގެންފި

Dec 5, 2018
3

އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުއާހަދާގެ 24 ވަނަ ޖަލްސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގެންފި އެވެ.

އެ ބައްދަލުވުން މިހާރު ވަނީ ފެށިފަ އެވެ. މިނިސްޓީރިއަލް ސެގްމެންޓް އޮންނާނީ މި މަހުގެ 10 ން 14 އަށެވެ.

ބައްދަލުވުން ކުރިއަށް ދަނީ ޕޯލަންޑްގަ އެވެ.

ރައީސް ނަޝީދަކީ ތިމާވެށި ހިމާޔަތްކުރުމުގެ އެންބެސެޑަރެއްގެ ގޮތުގައި ގިނަ ގައުމުތަކަކުން ބަލައިގަނެވެ. ދެހާސްނުވަ ވަނަ އަހަރު ރައީސް ނަޝީދު ވަނީ މޫސަމަށް އަންނަ ބަދަލުތައް ވަރަށް ބޮޑަށް ސަމާލު ކަމަށް ގެންނަވާފަ އެވެ. އެއީ ކޮޕް 15 ވަނަ ބައްދަލުވުމުގަ އެވެ. އެ އަހަރު ކަނޑުއަޑީގައި ރައީސް ނަޝީދު ކެބިނެޓް ބައްދަލުވުމެއް ވެސް ބޭއްވެވި އެވެ.