ހަބަރު

ގެއްލުންވި ގެތަކުގެ ހާލަތު މިނިސްޓަރު އާތިފާ ބައްލަވައިފި

Dec 6, 2018
3

އިއްޔެ މާލެއަށް ވެހުނު ވާރެއާ ގުޅިގެން ފެން ވަދެ، ގެއްލުންވި ގެތަކުގެ ހާލަތު ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު މިއަދު ބައްލަވާލައްވައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި ހެނދުނުގެ ވަގުތުގައި މިނިސްޓަރު އާތިފާ ވަނީ އިއްޔެ ގެއްލުންވި ގެތަކަށް ޒިޔާރަތް ކުރައްވައި ގެއްލުންތަކުގެ ތަފްސީލް ބައްލަވާލައްވާފަ އެވެ.

އޭގެއިތުރުން މިނިސްޓަރު ވަނީ ވަގުތީ ހިޔާވެހިކަން ދިން މީހުން އުޅެމުންދާ ހާލު ވެސް މިއަދު ބައްލަވާލައްވާފަ އެވެ.

ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ހާމަ ކުރި ގޮތުގައި އިއްޔެގެ ވިއްސާރައާ ގުޅިގެން ދެ ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ.

މިނިސްޓަރު އާތިފާ ވަނީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު ގާއިމްކޮށްފައިވާ ކަލާފާނު ސްކޫލަށް ވަޑައިގެން އެ ތަނުގެ ކަންކަން ކުރިއަށްދާ ގޮސް ބައްލަވާލައްވާފަ އެވެ.