ހަބަރު

އިންޑިޔާގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ

Dec 9, 2018
5

އިންޑިއާގެ އަސްކަރީމަނަވަރު ކަމަށްވާ "ރަނާ" މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ އިންޑިޔާގެ މަނަވަރު ރާއްޖެ އައީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރުމަށް ކަމަށެވެ. އެގޮތުން ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ސިލްސިލާކޮށް ޕެޓްރޯލް ކުރާނެ ކަމަށާއި އެ ސަވައިލަންސްގެ ތެރެއިން ކަނޑުމަތީގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ހިނގާތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕެޓްރޯލް ނިންމާލުމަަށް ފަހު އިންޑިޔާގެ މަނަވަރު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފް އާއި އިންޑީޔާ ގުޅިގެން ދާދި ފަހުން ވެސް ވަނީ ރާއްޖޭގައި ތަމްރީން ޕްރޮގްރާމްތަކެއް ހިންގައިފަ އެވެ.