ހަބަރު

ރައީސް ފެރިދޫއަށް ވަޑައިގެންފި

Dec 10, 2018

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު މެންދުރު އއ. ފެރިދޫއަށް ވަޑައިގެންފިއެވެ.

ރައީސް ފެރިދޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ނިންމަވާފަ އެވެ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަޑައިގެންނެވި ތިންވަނަ ރަށެވެ. މީގެކުރިން އއ. އުކުޅަހަށާއި ކ. ދިއްފުއްޓަށް ވަޑައިގެންފައިވެ އެވެ.

ރައީސް މިއަދު ފެރިދޫއަށް ކުރައްވާ މި ދަތުރުފުޅުގައި، މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައްވައި، އެކި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.