ހަބަރު

ނަޝީދު އޭޑީކޭއަށް ގެނެސް ފަރުވާދީފި

Jun 21, 2015

ޖަލު އަދަބު ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑޮކްޓަރަކަށް ދެއްކުމަށް ޓަކައި އޭޑީކޭއަށް މިއަދު ހެނދުނު ގެނެސްފި އެވެ.

އެމަނިކުފާނު އޭޑީކޭއަށް ގެނައީ ހެނދުނު 8:30 އެހާކަން ހާއިރު ކަރެކްޝަނަލް ސާވިސަސް އާއި ފުލުުހުންގެ ބެލުމުގެ ދަށުންނެވެ. އެމަނިކުފާނު އޭޑީކޭއަށް ގެނައިތަން ފެނުނު މީހުން ބުނި ގޮތުގައި ނަޝީދު ހުންނެވީ ފަހަތަށް ބިޑި އަޅުވައިފަ އެވެ. އަދި ފުލުހުން ގެންދިޔައީ ވަރަށް ވަރުގަދަ ސެކިއުރިޓީ ބަލަހައްޓަމުން ކަމަށް ވެސް އެ މީހުން ބުންޏެވެ. ފަރުވާއަށް ފަހު ގާތްގަނޑަކަށް 9:45 އެހާކަން ހާއިރު އެމަނިކުފާނު ވަނީ އެނބުރާ ޖަލަށް ގެންގޮސްފަ އެވެ.