ހަބަރު

އޯއައިސީ އެސްޖީގެ އެޑްވައިޒަރުގެ މަގާމު ޝަހީމަށް ހުށަހަޅައިފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރަކަށްވުމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ހުށަހަޅުއްވައިފި އެވެ.

އޯއައިސީއަކީ 58 މުސްލިމް ގައުމުތައް ޝާމިލްވާ އިސްލާމީ އެންމެ ބޮޑު އޯގަނައިޒޭޝަނެކެވެ. ރާއްޖެއަކީ ވެސް އޭގެ މެންބަރެކެވެ. އޯގަނައިޒޭޝަންގެ ހެޑް އޮފީސް ހުންނަނީ ޖިއްދާގަ އެވެ.

އެތަނުގައި މަސައްކަތް ކުރައްވާ އޯގަނައިޒޭޝަންގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރު ކަމުގެ މަގާމަށް ޝަހީމަށް ހުށަހެޅުމެއް ލިބިވަޑައިގެންފައިވާއިރު އޭނާއަކީ އެ އޯގަނައިޒޭޝަންއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ޑރ. ޝަހީމް، ޔުނިވާސިޓީގެ ޗާންސެލާ ކަމުން ވަކިވެވަޑައިގެންނެވުމަށްފަހު ދެން ކުރިއަށް ވަޑައިގަންނަވާނެ ދާއިރާއެއް ނުވަތަ މަގާމެއް ހާމަ ކުރައްވާފައެއް ނުވެ އެވެ. ވިދާޅުވެފައިވަނީ ދީން ފެތުރުމަށާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމަށެވެ.