ހަބަރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީރު ފުލުހަށް ހާޒިރު ކުރަނީ

Dec 12, 2018
1

ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދެވަނަ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ޒަމީރަށް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ. އޭނާ ހާޒިރު ކުރަނީ ފުލުހުން ބަލަމުންދާ އެމްއެމްޕީއާރްސީއާ ގުޅޭ މައްސަލައަކާ ގުޅިގެންނެވެ.

މިކަމާ ގުޅޭ ގޮތުން ޒަމީރުގެ ބަހެއް ނުލިބެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައަކީ ޓޫރިޒަމް މިނިސްޓަރު ކަމުގައި އަހުމަދު އަދީބު ހުންނެވިއިރު ހިނގައިދިޔަ ކަމެކެވެ. އެ މައްސަލާގައި އޭނާއަށް ކުށް ވެސް ވަނީ ސާބިތުވެފަ އެވެ.

އެ ހިޔާނާތުގެ ހަގީގަތް ހޯދައި، ގެއްލުނު 1.2 ބިލިއަން ރުފިޔާ އަނބުރާ ހޯދުމަށް މަަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.