ހަބަރު

ހައިވޭގައި އެކްސިޑެންޓެއް: އެކެއްގެ ހާލު ސީރިއަސް

Dec 13, 2018
3

ހައިވޭގައި މިއަދު ފަތިހު ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

މިއަދު ފަތިހު 5:30 ހާއިރު ހިނގި އެ ސައިކަލް އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 36 އަހަރާއި 29 އަހަރުގެ ދެ ފިރިހެނަކަށެވެ. އެ ދެމީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު އެތަނުން އެކެއްގެ ހާލު ވަކިން ބޮޑެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިއަދު ބުނީ، އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ. އަދި ދެމީހުން ވެސް މިހާރު އައިޖީއެމްއެޗަށް ފޮނުވާލާފައިވާ ކަމަށެވެ. ނަމަވެސް ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނޭނގެ އެވެ.

މިފަހަކަށް އައިސް ހައިވޭގައި ހިނގާ އެކްސިޑެންޓް ތަކުގެ އަދަދު އިތުރެވެ. ގިނަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވަނީ
ބާރު ސްޕީޑުގައި ދުއްވާފައިދިއުމާއި، ވިސްނާނުލައި އޯވަޓޭކް ކުރުމުގެ ތެރޭގައި ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.