ހަބަރު

ހޯމް މިނިސްޓްރީ ވަގުތީ ގޮތުން އަދީބު އާ ހަވާލުކޮށްފި

Jun 21, 2015

ހޯމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ރައީސް އަބްދުﷲ ޔާމީން ހަވާލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ މިނިސްޓްރީ އަދީބު އާ ވަގުތީ ގޮތުން ހަވާލު ކުރެއްވީ ހޯމް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާތީ އެވެ. އުމަރު ވަޑައިގަންނަވަނީ ފަސް ދުވަހުގެ މުއްދަތަށް ސިންގަޕޫރަށެވެ.

އުމަރު ވަޑައިގަންނަވަން ދެން ހޯމް މިނިސްޓްރީގެ ކަންކަން ބަލަހައްޓަވާނީ އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ކަމާއި އެސްއީޒެޑް ބޯޑްގެ ޗެއާމަންކަން ކުރައްވައި މިނިސްޓަރު އަދީބެވެ.