ހަބަރު

މާފަންނުގައި ހުރި ގުދަނެއްގައި ރޯވެއްޖެ

Jun 21, 2015

މާފަންނުގައި ހުރި ގުދަނެއްގައި ރޯވެ އަނދަން ފަށައިފި އެވެ.

ރޯވެފައި ވަނީ، މާފަންނު ޓެޕްކޮން ހާޑްވެއާ ކުރިމަތިން ހުރި ޔުނައިޓެޑް ފުޑް ސަޕްލައިސްގެ ގުދަނެއްގަ އެވެ. އަލިފާން ރޯވުމާ ގުޅިގެން އެތަނުން ވަރަށް ގަދަޔަށް ދުން އެރި އެވެ.

ސިފައިން ބުނީ އަލިފާން ރޯވި ގުދަނުގައި ހަދާފައި ވަނީ ކާބޯތަކެތި ރައްކާ ކުރާ ކޯލްޑް ސްޓޯރޭޖެއް ކަމަށެވެ. އަދި އަލިފާން ރޯވީ ކޯލްޑް ސްޓޯރޭޖްގެ ޕެނަލް ބޯޑެއްގައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި އަލިފާން ގަނޑު ފެތުރުމުގެ ކުރިން ވަނީ އަލިފާން ނިންވައިފަ އެވެ.

އެ އަލިފާނުގެ ސަބަބުން އެ ގުދަނަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.