ޕްރޮމޯޝަން

ފިޓްނަސް ޓްރޭނަރުން ތަމްރީން ކުރަން އިވޯވް ޖިމުން ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމެއް

Dec 17, 2018
1

ޕާޒަނަލް ފިޓްނަސް ޓްރެއިނަރުން ތަމްރީން ކުރުމުގެ ބައިނަލްއަގުވާމީ ޕްރޮގްރާމެއް އިވޯވް ޖިމްގައި ފަށަން ތައްޔާރުވެ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި އެވެ.

އީވޯވް ޖިމްއިން ބުނީ، ޔޫރަޕިއަން އިންސްޓިޓިއުޓް އޮފް ފިޓްނެސް، އީއައިއެފްއާ ގުޅިގެން ހިންގަނީ، ޕާޒަނަލް ޓްރެއިނަރުން ތަމްރީން ކުރުމުގެ ފުލް އެޑްވާންސް ޑިޕްލޮމާ ކޯހެއް ކަމަށެވެ. އެ ކޯހުގައި ތިއަރީ ބައި ކިޔަވައި ދޭނީ އެޕެއް މެދުވެރިކޮށް އޮންލައިންކޮށް ކަމަށާއި ޕްރެކްޓިކަލް ބައި ނަގައިދޭނީ ބޭރުން އަންނަ ޓްރެއިނަރުން އިވޯވް ޖިމްގައި ކަމަށެވެ.

"އެޕް އަޅާލައިގެން ފަސޭހަ ވަގުތަކު ތިއަރީ ކްލާސްތަކުގައި އޮންލައިންކޮށް ބައިވެރިވެވޭނެ. އެއަށް ފަހު ޕްރެޓިކަލް ބައި އިވޯވް ޖިމްގައި ހިންގާނެ އަންނަ މާޗްމަހުގެ ތެރޭގައު ބޭރުން ޓްރެއިނަރުން އައިސްގެން. މި ޕްރިގްރާމް ނިންމާލީމަ ޕާޒަނަލް ޓްރެއިނިންގެ ދުނިޔޭގެ ފެންވަރުގެ ޑިޕްލޮމާ ސެޓްފިކެޓެއް ލިބޭނެ،" އިވޯވް ޖިމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޔޫކޭގެ ޓްރެއިނަރުން ކިޔަވައިދޭ އެ ކޯހުގެ ޖުމްލަ އަގަކީ 2،500 ޑޮލަރެވެ. މިއަދަދު ޖެހެނީ ފަސް ޕޭމަންޓަކަށް ބަހާލައިގެން ކޮންމެ ޕޭމަންޓެއްގައި ދައްކަން ޖެހެނީ 500 ޑޮލަރެވެ. އެ ކޯހުގެ ޕްރެކްޓިކަލް ކްލާސްތައް އޮންނާނީ، 20-31 މާޗަށް އިވޯވްގަ އެވެ. މި ކޯހަށް މި މަހުގެ 31ގެ ކުރިން ރަޖިސްޓްރީކޮށް އެއްކޮށް އެއް ފަހަރާ ފައިސާ ދައްކާ ނަމަ، ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން މުޅި ކޯހަށް ދައްކަން ޖެހޭނީ، 2،000 ޑޮލަރެވެ.

"ފިޓްނަސްގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް މިއީ ރަނުގެ ފުރުސަތެއް. ޑިސެމްބަރުގެ ނިޔަލަށް ރަޖިސްޓްރީ ކޮށް އެއްފަހަރާ ފައިސާ ދައްކާ ބޭފުޅުންނަށް 500 ޑޮލަރުގެ ޑިސްކައުންޓެއް ވެސް އަޅުގަނޑުމެން އެބަ ދެން،" އޮފިޝަލް ވިދާޅުވި އެވެ.

މި ކޯހުގައި ބައިވެރިވާން، eifmaldives.com އިން އޮންލައިންކޮށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނެ އެވެ. އަދި އިތުރު މައުލޫމާތު ނަމްބަރު، 9991701 އަށް ގުޅުމުން ލިބޭނެ އެވެ. ނޫނީ އިވޯވް ޖިމަށް ގޮސްގެން ވެސް އިތުރު މައުލޫމާތު ހޯދޭނެ އެވެ. އިވޯވް ޖިމް ހުންނަނީ، އަބާގެ ގަރާޖު މަގުން، އަނޯނާ ގޯޅިއަށް އަޅާލާ ކަންމަތީގައި ހުންނަ "ފިނިފެން ޖަންބުގޭގަ" އެވެ.

އިވޯވް ޖިމް ފަރުމާކޮށްފައިވަނީ ހިތް ހަމަ ޖެހިލައިގެން ގޮސް ދެ ޖިންސުގެ މީހުންނަށް ވެސް ކަސްރަތު ކޮށްލެވޭނެ ތަނަވަސް މާހައުލެއް އޮންނާނެ ގޮތަށެވެ. މި ޖިމްގައި އެންމެ ޒަމާނީ ޖިމް ސާމާނު ވަނީ ބަހައްޓައިފަ އެވެ.

މީގެ އިތުރުން، އިވޯވް ޖިމްގައި އަންނަ ޖެނުއަރީ މަހު ބާއްވާ، ޒުމްބާ ކްލާސްތަކަށް، މި ޑިސެމްބަރު މަހު 15-31 އާ ދެމެދު ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.