ހަބަރު

ރާއްޖެއާ ގުޅޭ ގޮތުން ބާންކީ މޫން އިންޑިއާގެ ފޮރިން މިނިސްޓަރާ މަޝްވަރާކޮށްފި

Jun 22, 2015
1

ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އދގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އާއި ނިއުޔޯކްއަށް މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ސުޝާމް ސުވަރާޖް މަޝްވަރާ ކުރައްވައިފި އެވެ.

އެ ދެބޭފުޅުންގެ ބައްދަލުވުމާ ގުޅޭ ގޮތުން އދ އިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއި ޑިމޮކްރަސީ ކުރިއަރުވަން އެޅިފައިވާ ހުރަސްތަކާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. ސަރަހައްދީ މައްސަލަތަކާ ގުޅޭ ގޮތުން ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ރާއްޖެއާ ގުޅޭ ކަންކަމުގެ އިތުރަށް، ބަގްލަދޭޝް ނޭޕާލް އަދި ޕާކިސްތާނުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އދ އިން ބުންޏެވެ. ސަރަހައްދީ ގައުމުތަކުގައި ހުރި މައްސަލަަތައް ހައްލު ކުރުމުގައި އިންޑިއާގެ ލީޑަޝިޕްގެ މުހިންމުކަން ބަންކީ މޫން ފާހަގަ ކުރެއްވި އެވެ.