މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ސިމެންތި ބަސްތާ ވެއްޓި ކުއްޖަކަށް އަނިޔާވި މައްސަލަ ބަލާނަން: ޖެންޑާ މިނިސްޓަރު

ސިމެންތި ބަސްތާ ވެއްޓި ކުޑަކުއްޖަކަށް އަނިޔާވި މައްސަލަތް ބަލާ ފިޔަވަޅު ބަލާ އަޅާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

މިނސްޓަރު ކުރެއްވި ޓުވީޓެއްގައި، ވިދާޅުވެފައިވަނީ ރައްކާތެރިވާންވީ މިންވަރަށް ރައްކާތެރި ނުވެވުމުގެ ސަބަބުން، ކުޑަކުުއްޖަކު ގަޔަށް ސިމެންތި ބަސްތާއެއް ވެއްޓުމަކީ ބަލައިގަނެެވޭނެ ކަމެއް ނޫން ކަމަށާއި، މިނިސްޓިރީގެ ފަރާތުން މައްސަލަތް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ބަސްތާ ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާވި މައްސަލައް އަށްފަހު މިހާރު ވަނީ މާލޭގައި އިމާރާތް ކުރުން ވަގުތީ ގޮތުން ހުއްޓުވާފަ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި އަލުން އިމާރާތް ކުރެވޭނީ އެއިދާރާއިން ހުއްދަ ނަގައިގެން އެވެ.

މިހާދިސާގައި ގެއްލުން ލިބުނު ބިދޭސީ ކުއްޖާގެ ދެ ފަަޔަށް އަދި ކޮޑު ހުޅަށް ގެއްލުން ލިބުމުގެ އިތުރުން، ސާޖަރީއެއް ކުރަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗް ގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.