ހަބަރު

ހައިކޯޓްގެ ދެކުނު ގޮތްޕަށް ފަނޑިޔާރުން ހަމަޖައްސައިފި

Jun 22, 2015

ރާއްޖޭގެ ދެ ސަރަހައްދެއްގައި ހެދުމަށް ނިންމާފައިވާ ހައި ކޯޓްގެ ދެ ގޮފީގެ ތެރެއިން ދެކުނު ގޮތްޕަށް ފަނޑިޔާރުން ކަނޑައަޅައިފި އެވެ.

 އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދުގެ އުފަން ރަށް ކަމުގައިވާ ސ. މީދޫ ގައި ގާއިމް ކުރާ އެ ގޮތްޕައް ކަނޑައަޅާފައިވާ ފަނޑިޔާރުންނަކީ: ހައި ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި އައްބާސް ޝަރީފް އެވެ.

ސުޕްރީމް ކޯޓުން ބުނީ އެ ފަނޑިޔާރުން އެ ގޮތްޕައް ހަމަޖެއްސީ، ރޭ ބޭއްވި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަމަށެވެ.

ހައިކޯޓްގެ ކޮންމެ ގޮތްޕަކަށް ވެސް ތިން ފަނޑިޔާރުން ކަނޑައަޅަން ޖެހެ އެވެ. އެ ބަދަލު ގެނެސްފައި ވަނީ މައްސަލަތައް އަވަސް ކުރުމުގެ ބޭނުމުގަ އެވެ.