ގައިދީންނަށް ދޭ ބޭސްފަރުވާގެ މަރުހަލާތައް އަވަސް ކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ މަޝްވަރާ ކުރައްވައިފި އެވެ.
ހޯމް މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އައިޖީއެމްއެޗް އިން އިމްރާން އާއި ހޯމް މިނިސްޓްރީގެ ވެރިންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ގައިދީންނަށް ބޭސްވަރުވާގެ ކަންކަން ހަމަޖެއްސުމަށް ކަނޑައެޅިފައިވާ އިންތިޒާމް އިތުރަށް ހަރުދަނާކޮށް އެ މަރުހަލާ އަވަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.
ގައިދީންނަށް ބޭސްފަރުވާ ދިނުމުގައި ބޮޑެތި އިހުމަލުތަކެއް ކުރީ ސަރުކާރުން ވެފައިވާ ކަމަށް އޭރު އިދިކޮޅު ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުން ގޮވާލަމުން ދިޔަ އެވެ. އެގޮތުން މޭޑޭ މުޒަހަރާއާ ގުޅިގެން ހައްޔަރު ކުރި އަބްދުﷲ ރަޝީދު ޖަލުގައި މަރުވެފައި ވަނީ ވެސް އޭނާއަށް ބޭނުންވި ބޭސްފަރުވާ ދިނުމުގައި ލަސްތަކެއް ވެގެން ކަމަށް ވެސް ތުހުމަތު ކުރެވުނެވެ.