މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ތަރުޖަމާނަކަށް އިޒްމިއާ

ފުލުހުންގެ މުވައްސަސާގެ ތަރުޖަމާނުގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިިރު ހަމަޖައްސައިފި އެވެ.

ތަރުޖަމާނު ކަމުގެ މަގާމަށް މިއަދު އިޒްމިއާ ހަމަޖައްސާފައިވާއިރު، މިއީ ފުލުހުންގެ ތަރުޖަމާނަކަށް އަންހެން ބޭފުޅަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

މީގެކުރިން މި މަގާމުގައި ހުންނެވީ އަހުމަދު ޝިފާނެވެ.

އިޒްމިއާއަކީ ސިންގަޕޫރުގެ ނޭޝަނަލް ޕޮލިސް އެކަބަމީން، ޕީސް އެންޑް ކޮންފިލިކްޓް ސަޓްޑީސްއިން މާސްޓާ ޑިގްރީީ ހާސިލްކޮށްފައިވާ ފަރާތެކެވެ.

މިކަން ހާމަކޮށް އެކްޓިން ކޮމިޝްނާ އޮފް ޕޮލިސް މުހައްމަދުު ހަމީދު ވިދާޅުވީ، އިޒްމިއާ އެ މަގާމަށް ހަމަޖެއްސުމުން މީޑިއާތަކުުން ބޭނުންވާ މައުލޫމާތު ހޯދުމުގައި ކުރިއަށްވުރެ ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.