މޯލްޑިވްސް ޕޮލިސް ސާވިސް

ހަށި ވިއްކި ކަމުގެ ތުހުމަތުގައި ފުވައްމުލަކުން ތިން މީހަކު ހައްޔަރު ކޮށްފި

ފުވައްމުލައް ސިޓީއިން ހަށި ވިއްކި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަަގުތެއްގައި ހަށި ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނަކާއި އަންހެނެއް ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުވައްމުލައް ސިޓީ ފުލުސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.