ހަބަރު

ގޭސްފުޅިއެއް ލީކުވެ، މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާާޅުވީ މިރޭ 7:30 ހާއިރު ހ. ނީޓްވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ ގޭސްފުޅިއެއް ލީކުވެގެން ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.