ހަބަރު

އޫރުމަސް ހިމެނޭ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ދައުރުވަނީ

Dec 23, 2018
1

އޫރު މަހުން ތައްޔާރު ކޮށްފައިވާ ޕްރޮޑަކްޓެއް ރާއްޖޭގެ ބާޒާރުގައި ދައުރު ވަމުން އެބަދެ އެވެ.

އޫރު މަހުން ތައްޔާރު ކޮށްފައިވާ މި އުފެއްދުމަކީ ޖެލިޓާ ބްރޭންޑްގެ ޖެލަޓިން އެވެ. ޖަރުމަނުވިލާތުގެ މި އުފެއްދުމަކީ އައިސް ކްރީމް ކަހަލަ ފޮނި އެއްޗެހި ތައްޔާރު ކުރަން ބޭނުންކުރާ ޕްރޮޑަކްޓެކެވެ.

މި ކަމާ ގުޅިގެން ކަސްޓަމްސްއިން ބުނީ، މިކަން ފާހަގަ ކުރެވުމާއެކު ހާއްސަ އިސްކަމެއް ދީގެން މިހާރު އެކަން ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލަ ބަލަމުންދަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީއާ ގުޅިގެން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން އެ މުދާ އެތެރެ ކޮށްފައިވާ ވިޔަފާރިތައް މިހާރު އިންސްޕެކްޓް ކުރަމުން ގެންދާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްގެ ގާނޫނުގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެއަށް އެތެރެކޮށް ބޭނުން ކުރުން މަނާ އުފެއްދުންތައް ބަލައި ފާސް ކުރަންޖެހެ އެވެ.