ޑރ. އައިޝަތު އަލީ

ދެވަނަ ޓާމްގައި ހުރިހާ ސްކޫލެއްގައި ނާސްތާ ދޭނެ

Dec 23, 2018
3

ރިޔާސީ ވައުދެއްގެ ގޮތުގައި ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމްގެ ނަތީޖާއަށް ބަލައި އަންނަ އަހަރުގެ ދެވަނަ ޓާމްގައި ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ނާސްތާ ޕްރޮގްރާމާ ގުޅިގެން ހިޔާލު ހޯދަން މިރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވިދާޅުބީ މި ޕްރޮގްރާމްގައި ފޯރުކޮށްދޭ ނާސްތާއަކީ ރައްކާތެރި ނާސްތާއަކަށް ހައްދަވާނެ ކަމަށާއި އެކަމް މޮނިޓާ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ނާސްތާ ޕްރޮގްރާމް ކުރިޔަށްދާއިރު ދަރިވަރުންގެ އަމަލުކުރާ ގޮތް ވެސް ބައްލަވާނެ ކަމަށެވެ.

މި ފޯރަމްގައި ޚިޔާލު ފާލުކުރި އާންމުން ވަނީ، ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފަށާއިރު އެކަށީގެންވާ ގޮތެއްގައި އެކަން މޮނިޓަރކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނެތޯ ސުވާލު އުފައްދާފައެވެ. އަދި ހެނދުނުގެ ނާސްތާއަށް ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ދިނުމަކީވެސް މުހިންމު ކަމެއްކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކާނާގެ ސާފުތާހިރުކަން ކަށަވަރު ކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކޮށްފައެވެ.