ހަބަރު

ހުޅުމާލޭ ބީޗުގައި ކެފޭ ހަދާފައި ހުރީ ހުއްދަ ނެތި: ފައްޔާޒް

ހުޅުމާލޭ ބީޗުގައި ކެފޭތައް ހަދާފައި ވަނީ އެކަން ކުރުމުގެ ހުއްދަ ނެތި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ބީޗުގައި ހިންގާ ކެފޭތަކުގެ މައްސަލަ ބެލުމަށް ފަހު އެތަންތަން ހިންގަނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދައެއް ނެތިކަން ސާފުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދު އާންމު ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް އިންތިޒާމް ކުރުމަށް އެޗްޑީސީއަށް އިލްތިމާސްކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ކުރެއްވި ޓްވީޓު

ހުޅުމާލޭ ބީޗުތައް މިހާރު ފުރިފައި އޮންނަނީ ކެފޭތަކާއި ރެސްޓޫރަންޓުތަކުންނެވެ. ބީޗު ސަރަހައްދު އޮންނަނީ ތަފާތު ގޮތް ގޮތަށް ހަދައި، މޭޒާއި ގޮނޑި ޖަހާ ފުރާލާފަ އެވެ.