ޓްރާންސްޕޯޓް އޮތޯރިޓީ

ޓެކްސީގެ އަގުތައް ކަނޑައަޅަން ފޯރަމެއް ބާއްވަނީ

ޓެކްސީ ދަތުރުތަކުގެ އަގު ކަޑަ އެޅުމުގެ ގޮތުން އަންނަށް މަހު ފޯރަމެއް ބާއްވަން ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓިރީގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ، އަންނަށް މަހު ޓެކްސީ ޑްރައިވަރުންނާއި އަދި އާއްމުންއަށް ހުޅުވާލައިގެން ފޯރަމެއް ބާއްވާނެކަމަށެވެ. އެހެން ނަމަވެސް އެ ފޯރަމް ބާއްވާނެ ތާރީހެއް އަދި ފައިނަލެއް ނުވެ އެވެ.

ބްރިޖް ހުރަސްކޮށް ހުޅުލެ އާއި ހުޅުމާލެއަށް އަދި ކުރާ ދަތުރުތަކުގެ އަގާ ގުޅިގެން އާއި ޕާކު ކުރުމުގެ ގަވައިދަށް ގެނައި ބަދަލާއެކު ޓެކްސީ ޑްރައިވަރުން ހިތްހަމަ ނުޖެހި އިއްޔެ އިހުތިޖާޖު ކުރި އެވެ.

އިއްޔެގެ ޓެކްސީ ޑްރައިވަރުން ކުރި މިއިހުތިޖާޖާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓިރީން ވަނީ، އަގުތަށް ކަނޑަ އެޅެންދެން މިހާރުވެސް ޓެކްސީ ޑްރައިވަރުން ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް ނަގާ އަގަށް ޓެކްސީ ކުރުމަށް ހުއްދަށް ދީފަ އެވެ.