ހަބަރު

އީސީގެ ލޯގޯ ބަދަލު ކުރަން މަޝްވަރާ ކުރަނީ

Dec 30, 2018
2

އިލެކްޝަންސް ކޮމިޝަންގެ ކުލަ އާއި ލޯގޯ ބަދަލު ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކޮމިޝަން އިން ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކޮމިޝަންގެ ލޯގޯއަށް އިތުރު ފުރިހަމަ ކަމެއް ގެންނަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެކަމާ މެދު އާންމުން ދެކެނީ ކިހިނެތްތޯ ވެސް އަކްރަމް ވަނީ ސުވާލު ކުރައްވާފަ އެވެ.

އަކްރަމް ކުރެއްވި ޓްވީޓް

އެއަށް ޖަވާބު ދެއްވި ގިނަ މީހުން ވަނީ މިހާރުގެ ލޯގޯ އާއި ކުލަ ވެސް ބަދަލު ކުރަން ފެންނަ ކަމަށް ބުނެފަ އެވެ.

އަކްރަމް މިއަދު ވިދާޅުވީ ލޯގޯ ބަދަލު ކުރުމަށް އީސީއިން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަންނަ މަހު ތެރޭ އެ މަސައްކަތް ކުރަން ރާވާފައިވާ ކަމަށެވެ.