އޮބިޗުއަރީ

ވައިޖެހޭ އިބްރާހިމް ރަޝީދު އަވަހާރަވެއްޖެ

Dec 31, 2018
2

ގިނަ އަހަރުތަކެއް ވަންދެން ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ހިދުމަތްތެރިއެއް ކަމަށްވާ ވައިޖެހޭ އިބްރާހިމް ރަޝީދު ރޭ އަވަހާރަވެއްޖެ އެވެ.

ވަރަށް ގިނަ ދުވަސް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރަޝީދު އަވަހާރަވީ އައިޖީއެމްއެޗްގައި ރޭ 11:00 ޖެހި އިރު އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 79 އަހަރެވެ.

ރަޝީދަކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ ބައްޕާފުޅެވެ. އޭނާ ވަަނީ އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓާކަމާއި ޑިރެކްޓާ ޖެނެރަލްކަމުގެ އިތުރުން ވަޒީރުލް އައުޒަމްގެ ސެކްރެޓަރީކަމާއި މަޖީދިއްޔާ ސްކޫލުގެ ނާޒިރުގެ އެހީތެރިޔާކަން ވެސް ކުރައްވާފައެވެ. ހއ. އަތޮޅުގެ އަތޮޅުވެރިޔާކަން ވެސް ކުރެއްވި އެވެ.