ހަބަރު

ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

Jun 25, 2015

ވެރިކަން ކުރާ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މަޖިލީހުގެ 77 މެންބަރުންގެ ތަނަވަސް އަގުލަބިއްޔަތުން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) އިސްލާހުކޮށް ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 ކަމަށް ހަމަޖެއްސުމަށް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހަށް ޕީޕީއެމް-އެމްޑީއޭ ކޯލިޝަންގެ އިތުރަށް، ޖޭޕީ އާއި އެމްޑީޕީ އިން ވަނީ ވޯޓުލައިފަ އެވެ.

ސްޕޯކްސް ޕާސަން މުއާޒު އަލީ ވިދާޅުވީ އެ އިސްލާހު ރައީސް މިހާރު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ. މިއީ ފެހި ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށި ފަހުން އެ ގާނޫނު އަސާސީ އަށް ގެނައި ފުރަތަމަ އިސްލާހެވެ.