ހަބަރު

ރައްކާތެރިވޭ! ވަރަށް ބާރަށް ޑެންގޫ ހުން ފެތުރެނީ

Jun 25, 2015

ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ޑެންގޫ ހުން ފެތުރި، އެ ބަލީގައި އެކަކު މަރުވެއްޖެ ކަމަށް ހެލްތް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ. 

އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ، ޑެންގޫ ޖެހިގެން އައި މީހުންގެ ތެރެއިން ބައެއް މީހުން އަދިވެސް އެޑްމިޓްކޮށްފައި ތިބި ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ދެވަނަ ސްޓޭޖްގައި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.