ދުނިޔެ

ޖަރުމަނުގެ ސިޔާސީ ވެރިންގެ އަމިއްލަ މައުލޫމާތުތަކެއް ލީކުކޮށްލައިފި

Jan 5, 2019

ބާލިން (ޑިސެމްބަރު 4) - ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކަލްގެ އިތުރުން އެ ގައުމުގެ ސިޔާސީ ލީޑަރުންގެ އަމިއްލަ މައުލޫމާތުތައް ހެކުކޮށް، ލީކޮށްލައިފި އެވެ.

އިންޓަނެޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި، އެތަކެއް ސިޔާސީ ބޭފުޅުންގެ އަމިއްލަ ޗެޓު ލޮގުތަކާއި، މާލީ މައުލޫމާތުތަކާއި، ކޮންޓެކްޓު ލިސްޓު ހިމެނެ އެވެ.

އެ ހަމަލާގެ ފަހަތުގައިވާ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުގެ އެއްވެސް މައުލޫމާތެއް އެމީހުންނަށް ހޯދުނުކަމުގެ އެއްވެސް ހެއްކެތް އަދި ލިބިފައިނުވާކަމަށް ޖަރުމަނު އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެކި ދުވަސް މަތިން އެ މައުލޫމާތުތައް ފުރަތަމަ ލީކުކޮށްލާފައިވަނީ ޓްވިޓާ ގަ އެވެ. ނަމަވެސް ގައުމީ ސަލާމަތާއި ގުޅޭ އެއްވެސް މައުލޫމާތެއް އެ އަމަލުގެ ފަހަތުގައިވާ މީހުންނަށް ލިބިފައިނުވާކަމަށް، މާކަލްގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.