ވިޔަފާރި

ދިވެހި ޓްރެވަލް ކުންފުނިތައް ޓީޓީއެމްގައި ބައިވެރިވާން ހުޅުވާލައިފި

ދިވެހި ޓްރެވަލް ކުންފުނިތައް ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައި ހިލޭ ބައިވެރިވެވޭ ގޮތަށް ހަމަޖައްސައި، ބައިވެރިވާން ހުޅުވާލައިފި އެވެ.

ރާއްޖޭގައި ބާއްވާ ޓޫރިޒަމް ފެއާއެއް ކަމަށްވާ ޓީޓީއެމް 2019 ގައި ބައިވެރިވާން ހުޅުވާލާފައިވާއިރު، ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް އޮންނާނެ އެވެ.

ޓީޓީއެމް އިންތިޒާމު ކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ ޓްރެވަލް ކުންފުނިތަކަށް ހިލޭ ބައިވެރިވެވޭނެ ކަމަށެވެ. މި އަހަރު ވެސް 100 ފަރާތްތަކުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މި އަހަރުގެ ޓޫރިސްޓު ގެސްޓްހައުސްތަކާއި ހޮޓާތައް އަދި އެއާލައިންތަކުން ބައިވެރިވާނެ ކަމަށް އެ ކުންފުނިިން ބުނެފައިވެ އެވެ.

ޓީޓީއެމް ފެއާ މި އަހަރު ބާއްވަނީ އެޕްރީލް މަހުގެ 20-22 އަށެވެ. މިއީ މި ފެއާ ބާއްވާ ތިންވަނަ އަހަރެވެ. މި ފެއާ ވެގެން ގޮސްފައިވަނީ ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާއެވެ.