ހަބަރު

ޕީއެސްމްގެ ޗެއާމަނަކަށް އިބްރާހިމް ހިލްމީ، މެންބަރު ކަމަށް މަރީ

Jan 6, 2019
1

ޕީއެސްއެމްގެ ޗެއާމަންގެ މަގާމަށް ތ. ވިލުފުށީ ހުސްނުހީނާގެ، އިބްރާހީމް ހިލްމީ އަދި ޕީއެސްއެމްގެ ބޯޑު މެމްބަރެއްގެ މަގާމަށް ގ. ހިލްމަން، މަރިޔަމް ވަހީދާ އައްޔަން ކުރައްވައިފި އެވެ.

ކުރިން ހިންގި، ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީގެ ބޭބެ އިބްރާހިމް ހިލްމީއަކީ ޕީއެސްއެމްގެ ބޯޑުގައި ކުރިން ވެސް ހިމެނިވަޑައިގެންނެވި އަދި އޭރުގެ ބޯޑުގެ ވައިސް ޗެއާމަން ކަމުގައި ހުންނެވި ބޭފުޅެކެވެ. މަރިޔަމް ވަހީދާ ވަނީ ޓީވީއެމް އާއި ބްރޮޑްކާސްޓިން ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވައިފަ އެވެ.