ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ވާދަކުރާ ބޭފުޅަކު ފުރަތަމަ ފަހަރަށް މާލީ ބަޔާން އާންމުކޮށްފި

މިނިވން ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުމާލޭ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ގާނިިމް މުހައްމަދު އޭނާގެ މާލީ ބަޔާން އާއްމުކުރައްވައިފި އެވެ. މިއީ ކެންޑިޑޭޓަކު މާލީ ބަޔާން އާންމު ކުރި ފުރަތަމަ ފަހަރެވެ.

ގާނިމް އޭނާގެ މާލީ ބަޔާން އާއްމުކޮށް ޓުވިޓާގައި ބުނެފައިވަނީ، އޭނާ އެކަން ކުރީ ކެމްޕޭން ކުރަން ވާނީ ދެފުށް ފެންނަށް ގޮތަކަށް ކަމަށް ގަބޫލު ކުރާތީ އެއީ ކޮންމެހެން ކުރަން ޖެހޭނެކަމެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. ގާނިމް އާއްމުކޮށްފައިވާ މާލީ ބަޔާން ތައްޔާރުކޮށްފައި ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސާޓިފައިކޮށްފައިވާ އޮޑިޓަރެކެވެ.

ހުޅުމާލޭ ދާއިރީ އަށް ވަދާކުރާ ކެންޑިޑޭޓުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ލ. ފޮނަދޫ ދާއިރާގެ މެމްބަރު
އަބްދު ރަހީމް އަބްދުﷲ ގެ ފިރިހެން ދަރިކަލުން، ފައިސަލް އިބްރާހީމް ވެސް ހިމެނެ އެވެ.