ދުނިޔެ

ޖެލީފިޝް ވިހަ ވެގެން އޮސްޓްރޭލިއާގައި އެތައް ބަޔަކަށް ފަރުވާދީފި

Jan 8, 2019
1

ކުއީންސްލޭންޑް (ޖެނުއަރީ 7) - އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ސަރަހައްދުގައި އާދަޔާ ހިލާފަށް ޖެލީފިޝް ގިނަވެ، މޫދަށް އެރިއުޅުނު އެތައް ބަޔަކު ވިހަވެ ފަރުވާދޭން ޖެހިއްޖެ އެވެ.

އެ ސިޓީގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، "ބްލޫ ބޮޓޮލް" ޖެލީފިޝްގެ ވިހައިގެ ސަބަބުން 2،600 އަށް ވުރެ ގިނަ މީހުންނަށް މިދިއަ ހަފްތާ ބަންދުގެ ތެރޭގައި ފަރުވާދޭންޖެހުނު ކަމަށެވެ.

އެ ސަރަހައްދުގައި އާދަޔާ ހިލާފަށް ވައި ބާރުވުމުގެ ސަބަބުން، ޖެލީފިޝް އައިންތައް އެއްގަމާއި މާ ގާތްވެފައިވާކަމަށާއި، މިދިޔަ ހަފްތާގައި އެކަނިވެސް 13،000 ހާދިސާ ރިޕޯޓުކޮށްފައިވާކަމަށް ވެސް، އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ޖެލީފިޝް އައިންތައް ގިނަވެ، ބައެއް ސަރަހައްދުތަކުގައި މޫދަށް އެރުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.