އިސްލާމިކް މިނިސްޓްރީ

ގުރުއާނާބެހޭ މަރުކަޒުގެ ނަަން ބަދަލުކޮށްފި

ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ނަން "ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒު" މި ނަމަށް ބަދަލު ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް މި ބަދަލު ގެނެއީ މިއަދު ކަމަށެވެ. މި މަރުކަޒަކީ ގުރުއާނާބެހޭ އިލްމުތައް އުނގަންނައިދީ ގުރުއާނުގެ ތާރީހާބެހޭ ދިރާސާ ކުރަން އުފައްދާފައިވާ މަރުކަޒެކެވެ.

މީގެ އިތުރުން ބައިނަލް އަގްވާމީ ގުރުއާން މުބާރާތް ތަކުގައި ދިވެހިން ބައިވެރި ކުރުމާއި، ގުރުއާން މުދައްރިސުންނާއި، އިމާމުން ތަމްރީނު ކުރުމާއި، ބޭރުގެ ފަންނީ އެހީތެރިކަން ހޯދުން އެ މަރުކަޒުން ކުރާ މަސައްކަތްތކުގެ ތެރޭގައި ހިމެނެ އެވެ.

މި މަރުކަޒަކީ އިސްލާމިކް މިނިސްޓިރީގެ ދަށުން ހިންގާ މަރުކަޒެކެވެ.