ހަބަރު

ނޮވެލްޓީ އަލީ ހުސެއިން އަވަހާރަވެއްޖެ

މަޝްހޫރު ލިޔުންތެރިޔާ، އަދި ނޮވެލްޓީ ޗާޕްހާނާގެ ވެރިޔާ، އަލީ ހުސެއިން މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ. އަލީ ހުސެއިން އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޗާޕް ކުރުމުގެ މަސައްކަތް ކުރައްވައި އަދި އެ ދާއިރާ ތަރައްގީ ކުރެއްވުމަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖޭގައި ޗާޕުގެ މަސައްކަތް ތަރައްގީކުރުމުގެ ދާއިރާއިން ވަނީ، އާންމުހިދުމަތުގެ އިނާމު 2003 ވަނަ އަހަރު އޭނާއަށް ލިބިވަޑައިގެންފަ އެވެ. މީގެ 50 އަހަރު ކުރިން، އަލީ ހުސެއިން ޗާޕްގެ ދާއިރާއަށް ވެންނެވުމުގެ ކުރިން އޭނާ ވަނީ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ.

ނޮވެލްޓީ ޗާޕްހާނާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބޮޑު ޗާޕް ހާނާ އެވެ. ޗާޕްގެ އިންޑަސްޓްރީއަށް އަންނަ ޒަމާނީ ބަދަލުތަކާއި އެ އިންޑަސްްޓްރީ ރާއްޖޭގައި ފުޅާކުރުމަށް އަލީ ހުސެއިން ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވައިފަ އެވެ.