ސިވިލްސާވިސް ކޮމިޝަން

ފިޝަރީޒް އާއި ސައިންސް މިނިސްޓްރީއަށް ޕީއެސްއިން ހަމަޖައްސައިފި

ފިޝަރީސް މިނިސްޓިރީ އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް ޕާމަނެންޓް ސެކްރެޓަރީއިން އައްޔަން ކޮށްފި އެވެ.

ފިޝަރީސް މިނިސްޓިރީގެ ޕާމެނެންޓް ސެކްރެޓަރީއަކަށް އައްޔަން ކޮށްފައިވަނީ، ކުރިން އެ މަގާމުގައި ވަގުތީ ހުންނެވި ޑރ. އައިމިނަތު ޝާފިއާ އެވެ. ޑރ. ޝާފިއާ އަކި ޕްލާންޓް ސައިންސް އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. އަދި އެންވައިރްމެންޓް ބައިލޮޖީ އެންޑް އެގްރިކަލްޗާއިން ޑަބަލް މާސްޓާސް ހާސިލް ކުރައްވާ އެގްރިކަލްޗާ ދާއިރާއިން ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތެކެވެ.

ޑރ.ޝާފިއާ ވަނީ 28 އަހަރު ވަންދެން ސަރުކާރުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރެއިން 13 އަހަރު ވަނީ ފިޝަރީސް މިނިސްޓިރީގެ އިސް މަގާމުތަކުގައި މަސައްކަތް ކޮށްފަ އެވެ.

ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕާމަނެންޓް ސެކްރެޓަރީ ކަމަށް އައްޔަން ކޮށްފައިވަނީ މުހައްމަދު ޝަރީފު އެވެ.

ޝަރީފަކީ މީގެ ކުރިން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ، އެންސީއައިޓީގައި ނުވަ އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. ސައިރަސް ކޮލެޖްގެ ވައިސް ރެކްޓާ ކަންވެސް ކޮށްފައިވާ ޝަރީފަކީ އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން ވިތް މެނޭޖްމަންޓް ދާއިރާއިން މާސްޓާ ހާސިލް ކޮށްފައިވާ ފަރާތެކެވެ.