ވިޔަފާރި

ރައްކާތެރިކަމުގެ ސާމާނު ބޭނުންވި ވަގުތު މި ހުޅުވީ "އޮސްޓްރާވާ"

"ރައްކާވެ، ތިބިއްޔާ ދަތުރެކޭ" ބުނަނީ ސަބަބެއް އޮވެގެންނެވެ. ކޮންމެ ކަމެއް ވެސް ކުރުމުގައި ފުރަތަމަ ބަލަން ޖެހެނީ ރައްކާތެރި ކަމަށެވެ. ހާއްސަކޮށް މަސައްކަތް ކުރުމުގައި ތިމާއާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވެރި ތިބުމަށެވެ. އެކަމަށް ބޭނުން ކުރެވޭނީ ވެސް އެންމެ މޮޅު ތަކެއްޗެވެ. މިފަދަ އެއްޗިހި ތިބޭ ފިހާރައެއް މާލޭގައި މިވަނީ ހުޅުވާފަ އެވެ. "އޮސްޓްރާވާ" ގެ ނަމުގައި އަލިކެލެގެފާނު މަގު [ރެއިންބޯ ކައިރީ] ގައި ހުޅުވި މި ފިހާރަ އިން މަސައްކަތުގެ ރައްކާތެރި ކަމަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުރެ އެވެ.

"މި ތަނުން ލިބެން ހުންނާނެ ތިން ބާވަތެއްގެ ޕްރޮޑަކްޓް. އެއްބާތަކީ ޕާސަނަލް ޕްރޮޓަކްޓިވް އިކްއިޕްމަންޓް [ޕީޕީއީ] ސާމާނު. އަނެއް ސާމާނަކީ ވޯކްވެއާ ޕްރޮޑަކްޓް. އަނެއް ރޭންޖަކީ ފޯލް ޕްރޮޓަކްޝަން ޕްރޮޑަކްޓް،" އޮސްޓާވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާފިއު ވިދާޅުވި އެވެ.

އޮސްޓްރާވާ ފިހާރައިން ލިބެން ހުރި އަމިއްލަ ނަފުސުރެ ރައްކާތެރި ކަމަށް ބޭނުން ކުރެވޭ، ޕީޕީއީ އުފެއްދުންތަކަކީ ދުނިޔެއަށް މަޝްހޫރު އުފެއްދުން ތަކެވެ. ހާއްސަކޮށް ޔޫރަޕުގެ މަސައްކަތުގެ މާހައުލުތަކުގައި ވެސް ބޭނުން ކުރަމުން ގެންދާ މޮޅު ސާމާނެ އެވެ.

100 ވައްތަރުގެ ސޭފްޓީ ބޫޓް

އެމްޑީ، ރާފިއު ވިދާޅުވީ ޕީޕީއީ ޕްރޮޑަކްޓްތަކުގެ ތެރޭގައި 100 އަށް ވުރެ ގިނަ ބާވަތްތަކުގެ ސޭފްޓީ ޝޫޒް ހިމެނޭ ކަމަށެވެ.

"ޕީޕީއީ އުފެއްދުންތަކުގެ ތެރޭގައި ރެސްޕިރޭޓަކީ ނިޒާމު ޕްރޮޓަކްޓް ކުރަން އަޅާ މާސްކާއި އިޔާ ޕްލަގުގެ އިތުރުން އައިނު ފަދަ ސާމާނު ހިމެނޭ،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ވޯކްވެއާ" އުފެއްދުންތަކުގެ ތެރޭގައި ފަޔަ ފައިޓަރުންލާ ހެދުމުން ފެށިގެން އެފްއެންބީ ދާއިރާގައި އުޅޭ މީހުންނަށް ހާއްސަ ޔުނިފޯމްތައް ވެސް ހިމެނޭ ކަމަށެވެ.

"ޝެފުންނާއި ވޭޓަަރުންގެ ޔުނީފޯމް ވެސް މީގެތެރޭގައި ހިމެނޭނެ،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން އެ ފިހާރައަށް އެންމެ ފަހުން އިތުރު ކުރެވުނު ޕްރޮޑަކްޓް ރޭންޖްއަކީ އުސް ތަންތަނަށް އަރާއިރު ބޭނުންކުރާނެ ސަލާމަތީ އާލާތްތައް ކަމަށެވެ.

"އުސް ތަންތަނަށް އަރާއިރު ސޭފްޓީގެ ގޮތުގައި ބޭނުންކުރާނެ ހުރިހާ އާލާތްތަކެއް މިތަނުން ލިބެން ހުންނާނެ،" ރާފިއު ވިދާޅުވި އެވެ.

"އަގުތައް އެކަށީގެން ވާނެ"

އެމްޑީ ރާފިއު ވިދާޅުވީ މިތަނުން ލިބެން ހުރި ބާވަތްތަކުގެ އަގުތައް "ރީޒަނަބަލް" ވާނެ ކަމަށެވެ.

"ސޭފްޓީ ޝޫޒް އަށް އެކަނި ބަލާނަމަ 500ރ. އިން ފެށިގެން މަތީގައި އުޅޭނެ. މި ތަނުން އެއްޗެއް ގަތުމެކޭ ޔޫރަޕުން ގެނައުމެކޭ އަގުގެ ތަފާތެއް ނުހުންނާނެ."