މޯލްޑިވްސް ޕޮލިސް ސާވިސް

މުދަލާއި ފުރާނަޔަށް ގެއްލުން ދޭން ގޮވާލާ ނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

ވަކި ވަކި ފަރުދުންގެ ފުރާނަޔަށާ މުދަލަށް ގެއްލުން ދިނުމަށް ގޮވާލާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ހަވީރު ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އިސްލާމްދީން ތައުހީނު ކުރުމުގެ ބޭނުމުގައި އިސްލާމްދީނަށް ފާޑު ކިޔަމުންދާ ފަރާތްތަކަށާއި ވަކި ވަކި ފަރުދުންގެ ފުރާނަޔާ މުދަލަށް ގެއްލުން ދިނުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ބައެއް ފަރާތްތަކުން ރައްޔިތުންގެ ތެރޭގައި އޮންނަން ޖެހޭ އެއްބައިވަންތަށް ކަމަށް ބުރޫއަރާފަދަ އިބާރަތްތަށް ބޭނުން ކުރުމުގެ ސަބަބުންނާއި، އަދި މިފަދަ ގޮތަކަށް ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ބައެއް ފަރާތްތަކުން ބަސްމަގު ބޭނުންކުރާ ގޮތުގެ ސަބަބުން އަނިޔާވެރިކަމާއި ނަފްރަތު އުފެދުމަށް މަގުފަހި ކުރުވާފަދަ އިބާރާތްތަށް ބޭނުންކުރާ މައްސަލަތައް ވެސް ބަލާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދީނީ އެއްބައިވަންތަށްކަމާއި، ރައްޔިތުންގެ މަސަލަހަތާއި އަދި ފަރުދީ ރައްކާތެރިކަމަށް ހުރަސް އެޅޭފަދަ އަމަލުތަށް ކުރުމަށް ގޮވާލާ ފަރާތްތަކާމެދު، ފުލުހުން ބައްދަލުކޮށް ފިޔަވަޅު އަޅާނެކަން ހަދާންކޮށްދެއްވާ ކަމަށް ފުލުހުންބުނި އެވެ. އަދި މިފަދަ މައްސަލައަކާ ގުޅިގެން މީހެއްގެ ފުރާނަޔަށް ނުވަތަށް މުދަލަށް ގެއްލުން ލިބޭނެ ކަމުގެ މައުލޫމާތު ލިބިފައިވާނަމަ އެކަން ފުލުހުންނާ ހިއްސާކުރުމަތް ވެސް ވަނީ އެދިފަ އެވެ.

ނޫސްބަޔާނުގައި ފުލުހުންވަނީ ދީނީ އެއްބައިވަންތަށްކަމާއި، އަމަން އަމާންކަމާއި އަދި ގައުމީ އެއްބައިވަންތަށް ކަން ދެމެހެއްޓުމަށް އިލްތިމާސް ކޮށްފަ އެވެ.