އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކެޕްޓަނަކު ކުއްލިއަކަށް ނިޔާވެއްޖެ

އެމްއެންޑީއެފްގެ ކެޕްޓަން މުހައްމަދު ރަމީޒު މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.

ސާޅީސްއަށް އަހުރުގެ ކެޕްޓަން ރަމީޒު ނިޔާވިއިރު އެނާ ހުންނެވީ އެމްއެންޑީއެމް ނަދަން އޭރިއާ ގައި ޑިއުޓީގަ އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ކެޕްޓަން ރަމީޒު ނިޔާވީ މިއަދު ހަވީރު އެކްސަސައިޒް އެއްގައި ދުވަމުން ދަނިކޮށް ކުއްލިއަކަށް ވެއްޓިގެން ކަމަށާއި، އަދި ވަގުތުން ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ ކެޕްޓަން ރަމީޒުގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.