ވިޔަފާރި

އަގު ހެޔޮ ލިސްޓުގެ ތިރިއަށް ރެޑްވޭވް ވައްޓާލެވޭ ވަރެއްނުވި!

Jun 27, 2015

ކޮންމެ ރޯދަ މަހަކު އިކޮނޮމިކް މިނިސްޓްރީން ނެރެމުން ގެންދާ އެންމެ އަގު ހެޔޮ ލިސްޓުގައި މި އަހަރު ބައިވެރިވެފައިވަނީ ރެޑްވޭވްގެ އިތުރުން ޝޮޕް އެންޑް ސޭވްގެ ފިހާރަތަކުންނެވެ. މި ލިސްޓުގައި އެންމެ ގިނަ ބާވަތްތައް ހިމަނާފައިވަނީ ރެޑްވޭވުންނެވެ.

އެ މިނިސްޓްރީން ބުނީ މި ލިސްޓު ނެރުމުގެ މަގުސަދަކީ އެއް ބާވަތެއްގެ މުދާ ތަފާތު އަގުތަކެއްގައި އެންމެ އަގު ހެޔޮކޮށް ވިއްކާ ފިހާރަތައް އާއްމުންނަށް އަންގައި ދިނުން ކަމަށެވެ. މި ފުރުސަތު ރާއްޖޭގެ މުދާ ހޯލް ސޭލް އަދި ރީޓެއިލްކޮށް ފިހާރަތަކަށް ވެސް ހުޅުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މި އަހަރުގެ ލިސްޓުގައި ވާ ގޮތުން ރެޑްވޭވްގެ ފިހާރަތަކުން ފިޔާ، އަލުވި ކިލޯއެއް ވިއްކަނީ 10ރ. އަށެވެ. ކުކުޅު ބިހެއް ވިއްކަނީ 1.50ރ. އަށެވެ. އެހެން ބާވަތްތައް ލިބެން ހުރި އަގަށް ބަލާއިރު؛

މީގެ އިތުރުން ވެސް ގިނަ ބާވަތްތަކެއް މި ލިސްޓުގައި ރެޑްވޭވްގެ ހިމަނާފައިވެ އެވެ.

ރެޑްވޭވްގެ އިތުރުން މި ލިސްޓުގައި ހިމެނިފައިވާ އަނެއް ފިހާރައަކީ ޝޮޕް އެންޑް ސޭވް އެވެ. ޝޮޕް އެންޑް ސޭވްގެ ފިހާރަތަކުން ފިޔާ، އަލުވި ކިލޯއެއް ވިއްކަނީ 10ރ. އަށެވެ. އަދި ބިހެއް ވިއްކަނީ 1.50ރ. އަށެވެ. މީގެ އިތުރުން ޝޮޕް އެންޑް ސޭވުން ބައެއް ބާވަތްތައް ލިބެން ހުރި އަގަށް ބަލާއިރު؛

ހިކި ކުނޑި މަސް ޕެކެޓެއް 10 ރ. އަށް ލިބެ އެވެ. މީގެ އިތުރުން ވެސް ގިނަ ބާވަތްތަކެއް ހެޔޮ އަގުގައި ޝޮޕް އެންޑް ސޭވްގެ ފިހާރަތަކުން ލިބެން އެބަ ހުއްޓެވެ.

"ބާޒާރުގެ އެންމެ އަގު ހެޔޮ ލިސްޓު" ގައި މި އަހަރު ރާއްޖޭގެ ބޮޑެތި ފިހާރަތަކުން ބައިވެރިވެފައެއް ނުވެ އެވެ. ހާއްސަކޮށް މިދިޔަ އަހަރު މި ލިސްޓުގައި ހިމެނުނު އެސްޓީއޯ ސުޕަމާޓުން މި ލިސްޓުގައި މިހާތަނަށް ހިމެނިފައެއް ނުވެ އެވެ.