ހަބަރު

މައްސަލަ ހައްލުކޮށް، ހިދުމަތް ދޭން ފަށައިފިން: އާސަންދަ

ހުސްނުވާ އާސަންދަގެ ހިދުމަތް ދޭ ޕޯޓަލްއަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ސިއްހީ ހިދުމަތްދޭ ތަންތަނުން އާސަންދަ ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

ރޭ ފަތިހު 5:00 އަކުން މިއަދު މެނދުރު 11:00 އާ ހަމަޔަށް ގިނަ ހޮސްޕިޓަލުތަކާއި ކްލިނިކުތަކުން އާސަންދަ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. އޭގެ ސަބަބުން ގިނަ ބަޔަކު ހިދުމަތް ހޯދާފައި ވަނީ އާސަންދަ ބޭނުން ނުކޮށް ފައިސާ ދައްކައިގެނެވެ.

އެކަމާ ގުޅިގެން އާސަންދަގެ އޮފިޝަލަކު ވިދާޅުވީ އާސަންދަ ހިދުމަތް މެދުކެނޑުނީ ދިިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާ ގޮތަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭގެ އިތުރުން މިހާާރު ފައިސާ ދައްކާފައި ހުރި ފަރާތްތަކަށް އަނބުރާ އެ ފައިސާ ލިބޭ ގޮތް ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ގޮތެއް ނިންމުމަށް ފަހު ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.